ޖިންސީ ފުރަސްސާރައިގެ ދައުވާ އަނބުރާ ގެންދަން އިންކާރު ކުރުމުން ގަޔަށް ސާފުތެޔޮ އަޅާ ރޯކޮށްލި ބަންގްލަދޭޝްގެ ދަރިވަރު، ނުރަސްތު ޖަހާން ރާފީގެ ހައްގުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މުޒާހަރާކޮށްފިއެވެ.

އުމުރުން 18 ވަރަކަށް އަހަރުގެ ނުސްރަތަށް ޖިންސީ ފުރައްސާރަ ކުރީ އޭނާ ތައުލީމު ހާސިލުކުރަމުންދިޔަ މަދަރުސާގެ ހެޑްމާސްޓަރު ކަމަށް ބުނެ، ހެޑްމާސްޓަރާ ދެކޮޅަށް ނުސްރަތު ފުލުހުންނަށް މައްސަލަ ހުށަހެޅިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ގައިގައި ރޯކޮށްލާފައިވަނީވެސް ހަމަ އެ މަދަރުސާގެ ތެރޭގައެވެ. ރޯކޮށްލިތާ ކުޑަ ދުވަސްކޮޅެއް ފަހުން، މި ދުނިޔެއާއި ނުސްރަތު ވަކިވީ މިމަހުގެ މެދެއްހާ ހިސާބުގައެވެ.

ބަންގްލަދޭޝްގެ މަދަރުސާއެއްގެ ތެރޭގައި އިހާނެތި ގޮތަކަށް މަރާލި އުމުރުން 19 އަހަރުގެ ނުސްރަތު ޖަހާން ރާފީ/ފޮޓޯ: އާއިލާ

160 މިލިއަން މީހުންގެ އާބާދީޢެއް އޮންނަ ބަންގްލަދޭޝްއަށް ވަނީ ނުސްރަތުގެ މަރާއެކު ސިހުމެއް ލިބި ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ބަންގްލަދޭޝްގައި ހިންގާ ޖިންސީ ފުރައްސާރައާއި އަނިޔާގެ ވާހަކަތަކަކީ އާންމުކޮށް ރިޕޯޓްކުރާވެސް މައްސަލަތަކެއް ނޫނެވެ.

ނުސްރަތުގެ މަރާ ގުޅިގެން މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ކިޔަވާ ކުދިންތަކެއްވެސް ހިމެނެއެވެ.