ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަސް ބައްލަވައި ގަންނަވަން މާލޭގެ މަސް މާރުކޭޓަށް ނިކުންނެވުމުން އެކަމަށް ގިނަބަޔަކު ތައުރީފު ކުރަމުން އެބަދެއެވެ.
މިނިސްޓަރު އިމްރާން މަސް މާރުކޭޓުގައި މަސް ބައްލަވައިގަތުމުގެ މަސައްކަތުގައި އުޅުއްވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލް ވެފައެވެ.
ފޮޓޯތަކުން ފެންނަނީ މިނިސްޓަރު އިމްރާން ނުރަސްމީ ހެދުމުގައި ހުންނަވާ މަސް މާރުކޭޓުން ދެމަހެއް ބައްލަވައިގަނެގެން މަސް ނަންގަވާ މަންޒަރެވެ.
އިމްރާނަކީ ގެވެހި ބޭފުޅެއް ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ރީމް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އެ ގޮތުން މީރު އެއްޗެހި ކެއްކެވުމާއި ދަރިންނަށް ކާން ދެއްވުމަކީ އިމްރާން އާންމުކޮށް ކުރައްވާ މަސައްކަތެއްކަން ވެސް އަނބިކަނބަލުން ރީމް ފާހަގަ ކުރައްވާފައިވެއެވެ.
މިފަދަ ކަންކަމަކީ އާންމުކޮށް މިނިސްޓަރުން ފެންވަރުގެ މަގާމު ތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ފެންނަ ކަންކަމެއް ނޫނެވެ. މިފަދަ މަންޒަރެއް ރާއްޖޭގެ މިނިސްޓަރެއްގެ ފަރާތުން ފެނިގެން ގޮސްފައިވާތީ ގިނަބަޔަކު އެކަން ފާހަގަކޮށް ދަނީ ތައުރީފު ކުރަމުންނެވެ.
މީގެ ކުރިން ދުވަހަކުވެސް މަސްމާރުކޭޓް ފެންނަ ފަށަށްވެސް ނުދާމީހަކު ކުއްލިއަކަށް މަސްގަންނަން. ޅޮލް. ޢެގޭ އެހެން މީހަކުވެސް ދުވަހަކުވެސް ނުދޭ މަސްގަންނަން. ތީ ހަމަ ކުޅެލި ފިލްމެއް.
ޖާބިރު ވޯސް ރައިޓް އޮން ދިސް ގައި އެހް
އެއީ ރާއްޖެ ޓީވީން ރޯދަ މަހު ގެނސްދޭ ނުރަސްމީގަޑި ޕްރޮގްރާމް ގެ ޝޫޓިންގް އެއް
އެދުވަހު މަހުރިން އެތާގަ. އިމުރާނު އުޅުނީ ކެމެރާމަނަކާ ނޫސްވެރިއެއް ގާތް ކޮށްގެން. ހަމަ ކަންދައްކަން