ކާށިދޫ ދާއިރާއަށް ހޮވުނު ކެންޑިޑޭޓް އަބްދުﷲ ޖާބިރު ހިންގަވާ ގެސްޓްހައުސްއެއް ކަމަށްވާ އއ މަތިވެރީގައި ހުންނަ ކާޒާމިއާ ގެސްޓްހައުސް އިން ބަނގުރާ ތިން ފުޅި ފެނިއްޖެއެވެ.

ފުލުހުން ބުނީ، ފުލުހުންނަށް ލުބުނު މައުލޫމާތާ ގުޅޅިގެން އެ ގެސްޓްހައުސްގައި ހުރި ކޮޓަރިއެއް ބަލާ ފާސްކުރުމުން ތިން ބަނގުރާ ފުޅި ފެނިފައިވާ ކަމަށެވެ. އެއީ މި ދިޔަ އާދިއްތަ ދުވަހުގެ ރޭ އއ. މަތިވެރީގައި ހުންނަ ކާޒާމިއާ ގެސްޓްހައުސްގައި ހިނގި އަލިފާނުގެ ހާދިސާ ތަން ހުސްކުރުމުގެ ތެރެއިންނެވެ.

މިހާރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކާޒާމިއާ ގެސްޓް ހައުސްގައި ރޯވި އަލިފާން ނިއްވާލާފައިވަނީ އަލިފާން ނިއްވުމަށް ތަމްރީނު ވެފައި އެރަށުގައި ތިބި އަލިފާން ނިއްވާ ޓީމާ ރަށުގެ ރައްޔިތުން ގުޅިގެން ކަމަށެވެ. މި ހާދިސާގައި ގެސްޓްހައުސްގެ އަށް ކޮޓަރިއަކާއި ހަތަރު ބުލޮކްގައި އަލިފާން ރޯވިއެވެ. މިއީ ޖުމްލަ 34 ކޮޓަރި ހުންނަ ގެސްޓްހައުސްއެކެވެ.