އިރާގުގެ ވެރިރަށް ބަގުދާދުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް، ގާތްގަނޑަކަށް 30 އަހަރަށްފަހު ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.

ކޮންސިއުލޭޓް ހުޅުވުމާ ދިމާކޮށް ސައުދީއިން ވަނީ 1 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއްވެސް އިރާގަށް ހަދިޔާކޮށްފައެވެ.

ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައިވާ ބަގުދާދުގެ ގްރީން ޒޯންގައި ހުންނަ ސައުދީގެ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި، ކޮންސިއުލޭޓް އިމާރާތުގައި ސައުދީ އަރަބިއްޔާގެ ދިދަ ނަންގަވާ ދެއްވީ އިރާގުގެ ހާރިޖީ ވަޒީރު މުޙައްމަދު އަލް-ޙަކީމްއެވެ.

މި ކޮންސިއުލޭޓަކީ އިރާގުގައި ތިބެގެން ސައުދީގެ ވީސާ ހޯދުމުގެ ފުރުސަތު ފަހުކޮށްދޭ ކޮންސިއުލޭޓަކަށްވާއިރު، ސައުދީ އަރަބިއްޔާގެ ވިޔަފާރިއާ ބެހޭ ވަޒީރު އަބްދުﷲ އަލް ޤަސާބީ ވިދާޅުވީ، މިއީ ސައުދީ އާއި އިރާގުގެ ގުޅުމުގެ އާ މަރުހަލާއެއް ކަމަށެވެ.

މުރާސިލުން ސިފަކުރާ ސައުދީއިން އިރާގާ ގުޅުން ބަދަހިކުރަމުންދަނީ ހަތުރުވެރި އީރާނުގެ މައްޗަށް ކުރި ހޯދުމަށެވެ.

ސައުދީ އަރަބިއްޔާއިން އިރާގާ ގުޅުން ކަނޑާލީ 1990 އަހަރުއެވެ. އެއީ އިރާގުން ކުވައިދު ހިފުމާ ގުޅިގެންނެވެ.