ގިނިހިލައަކަށް "ބޮން އެޅުމަށް" ޖަޕާނުން މަސައްކަތް ކުރަމުން އެބަދެއެވެ.

ޚަބަރު ލިބޭ ގޮތުގައި ޖަޕާނުގެ ޖައްވީ އުޅަނދު ހަޔަބޫސާ-2އިން މިހާރު މަސައްކަތް ކުރަމުންދަނީ، އެގައުމުން ތަހުލީލު ކުރަމުންދާ ގިނިހިލަ ގޮއްވާލުމަށެވެ.

2018 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޖަޕާނުން ދިރާސާ ކުރަމުން އަންނަ 'ރިޔޫގޫ' ގިނިހިލަ ގޮއްވާލުމަށް ޖަޕާނުން މަސައްކަތް ކުރަމުންދަނީ އެ ގިނިހިލާގައި މަސްނޫއީ ވަޅުގަނޑެއް އުފެއްދުމަށެވެ. މަގުސަދަނީ ޖައްވީ ވައިގެ ތެރެއަށް ހާމަވެފައި ނުވާ ހިސާބަކުން ސާމްޕަލް ނެގުން ކަމަށް މައުލޫމާތު ލިބެއެވެ.

ޖަޕާނުން ގިނި ހިލަ ގޮއްވާލާނީ ކުޑަ ކުޑަވައިސްއެއްގެ އެހީގައެވެ. ނަމަވެސް މި ކޮންޓްރޭނަރުގެ ބަރުދަނުގައި 14 ކިލޯގްރާމް ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ގޮވުމުގެ ސަބަބުން، 10 މީޓަރު ބޮޑު ވަޅުގަނޑެއް ގިނިހިލާގައި އުފެދޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ގިނިހިލަ ގޮއްވުމުގެ މަސައްކަތް ހުކުރު ދުވަހު ކުރިއަށްދާއިރު، ގޮވުމާއެކު އުފެއްދި ވަޅުގަނޑަށް ޖަޕާނުގެ ތަހުލީލީ ޖައްވީ ޑިވައިސް ފަހުގެ ތާރީހެއްގައި ތިރިކުރާނެ ކަމަށް ބެލެވެއެވެ.

ޖަޕާނުން ދިރާސާކުރަމުންދާ 'ރިޔޫގޫ' ގިނިހިލަ އޮންނަނީ އެނބުރޭ ބުމަރެއްގެ ބައްޓަމަށެވެ.