ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރިއާ ބެހޭ ހުރިހާ ކަންކަން ބަލަހައްޓާ ކާވެނީގެ ރަޖިސްޓްރާ އަހްމަދު އަބްދުﷲ މިދިޔަ ހަފްތާއިން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ސަސްޕެންޑްކޮށްފިއެވެ.

އޭނާ ސަސްޕެންޑްކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް ފެމެލީ ކޯޓުން ރަސްމީގޮތެއްގައި އަންގާފައެއް ނުވެއެވެ. ފެމިލީ ކޯޓުން އަހްމަދު އަބްދުﷲ ސަސްޕެންޑްކުރުމުގެ ކުރިން އޭނާގެ މައްސަލައެއް ކޯޓުން ބަލާފައި ނުވެއެވެ. އަދި އޭނާއާއި ގުޅުން ހުރި މައްސަލައެއް ލިޔެކިޔުމަކުން ވެސް ކޯޓަށް އަންގާފައި ނުވެއެވެ. ނަމަވެސް، އަހްމަދުގެ މައްސަލައެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ޖޭއެސްސީން ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ބެލި ސުލޫކީ މައްސަލައެއްގައި، އޭނާއާ ދެކޮޅަށް ރަޖިސްޓްރާ އަހްމަދު ހެކިބަސް ދެއްވި މައްސަލައެއް ކުރިން ފެންމަތިވެފައިވެއެވެ. މި މައްސަލައާއި ގުޅިގެން ޖޭއެސްސީން ވަނީ ހަސަން ސައީދު ސަސްޕެންޑްކުރުމަށްފަހު މިދިޔަ ޖުލައި މަހު އޭނާގެ ސަސްޕެންޝަން ވަނީ އުވާލެވިފައެވެ.