ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި މިހާރު ބަދަލުކުރަމުންދާ ހަމަލާތަކުގައި، ލަކްޝަރީ ތޮއިބާ ހަނގުރާމަވެރި ޖަމާއަތަށް ނިސްބަތްވާ 4 ޓެރަރިސްޓަކު މަރާލައިފި ކަމަށާ، މި ކުރިމަތިލުންތަކުގައި އިންޑިއާގެ ސަލާމަތާ ބެހޭ އޮފިޝަލުންގެ 3 އޮފިސަރަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.
ލައްސިޕޯރާއޭ ކިއުނު ހިސާބުގައި ޓެރަރިސްޓުންތަކެއް ހަރަކާތްތެރި ވާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން، ސަލާމަތީ އޮފިޝަލުން ހޯމަ ދުވަހު ހެނދުނު ފެށި ހާއްސަ އޮޕަރޭޝަން ކުރިއަށް ދަނިކޮށް ޓެރަރިސްޓުންގެ ހަމަލާއެއް ސަލާމަތާ ބެހޭ އޮފިޝަލުންނަށް އަމާޒުވި ކަމަށާ، ބަޑީގެ ހަމަލާތައް ބަދަލު ކުރުންތައް ފެށުނީ އެހާ ހިސާބުން ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.
މި އޮޕަރޭޝަންގައި ޓެރަރިސްޓުން ހަރަކާތްތެރިވި ސަރަހައްދުން، 4 ރައިފަލާ އިތުރު ގޮވާތަކެތި ފެނިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުވެސް ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ޕުލްވާމާގައި ބޮމުގެ ހަމަލާއެއް ދީފައި ވާއިރު، އެ ފަހަރުގެ ހަމަލާގައި އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އެ ހަމަލާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެގެން ގޮސްފައި ވާއިރު، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ޕާކިސްތާނާ އެކު ހިއްސާކުރާ ސަރަހައްދީ އިމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ފޯރިމަރަމުންނެވެ.