ސަރަހައްދީ އިން ހުރަސްކޮށް ޣައްޒާއަށް ވަދެ ނިކުމެވެން އޮންނަ 2 ސަރަހައްދެއް އިސްރީލުން ހުޅުވައިފިއެވެ.

ވިޔަފާރީގެ ހަރަކާތްތައް ހިނގާ ކަރީމް ޝަލޯމް ކްރޮސިންގްއާއި އީރީޒް ޓްރާންސިޓް ޕޮއިންޓް އަލުން ހުޅުވާފައި މިވަނީ، ރޮކެޓް ހަމަލާތަކަކާ ގުޅިގެން ހަފުތާއެއްގެ މުއްދަތަށް މި ސަރަހައްދު ބަންދުކޮށް ބޭއްވުމަށް ފަހުގައެވެ.

ފާއިތުވެގެންދިޔަ ހަފުތާއަކީ ޣާއްޒާއާއި އިސްރާއީލާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވިގެންދިޔަ ހަފުތާއެކެވެ.

އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްޠީނުގެ ބިންތައް އަލުން އަނބުރާ ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ޣައްޒާގައި ފެށި ބޮޑު މުޒާހަރާތަކަށް 1 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ހަފުތާ ބަންދުގައި ހާއްސަ އެއްވުންތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު، އެއްވުންތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާއިން 3 ޒުވާނަކު ވަނީ ޝަހީދު ކޮށްލާފައެވެ. އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިސްރާއީލާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން 2018 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ބޮޑު މުޒާހަރާ ފެށިފަހުން އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ފަލަސްޠީނުގެ 189 މީހަކު ވަނީ އިސްރާއީލުގެ އުދުވާންތަކުގައި ޝަހީދުވެފައެވެ.

މިދަނޑިވަޅަކީ ފަލަސްޠީނާއި އިސްރާއީލު ސުލްހަ ކުރުމަށް، މިސްރު އިސްވެ އޮވެ މަސައްކަތްތަކެއްވެސް ކުރަމުންދާ ދަނޑިވަޅެކެވެ.