އަފްޣާނިސްތާނުގެ ހުޅަނގުގެ ސަރަހައްދުތަކުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 32އަށް އަރައިފިއެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެތައް ހާސް ގެއެއް ހަލާކުވެފައިވާއިރު، ގިނަ އާދަދެއްގެ އާއިލާތަކުން މިހާރު ދިރިއުޅެމުންދަނީ ވަގުތީ ހިޔާތަކުގައެވެ.
ގަދަ ވިއްސާރާ އަސަރު 7 ޕްރޮވިންސަކަށް ކޮށްފައިވާއިރު، އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަހައްދުތަކުގެ ތެރޭގައި، ފަރުޔާބު، ބަޣްދީޒް އަދި ހީރާތު ފާހަގަކުރެވެއެވެ.
ގަދަ ވިއްސާރައިގެ އަސަރު ކުރި މީހުންގެ ތެރޭގައި، މިދިޔަ އަހަރު ކުރިމަތިވި އާދަޔާ ހިލާފު ހަނަފަސްކަމުގެ ސަބަބުން އަމިއްލަ ގެދޮރު ދޫކޮށްދާން މަޖުބޫރުވި އާއިލާތަކުގެ މީހުންވެސް ހިމެނެއެވެ.
ހާލުގައިޖެހިފައިވާ ސަރަހައްދުގެ އިންފްރާސްޓްރަކްޗާ ހުރީ ވަރަށް ދަށްފެންވަރުގައި ކަމުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާކަމަށް ޚަބަރު ލިބެއެވެ.
ދިރިއުޅުނު ގެތަކުގެ އިތުރުން ނާމްސޫފީވެސް ދިރިއުޅޭ ދަނޑުބިންތައް މުޅިންހެން ހަލާކުވެފައިވާއިރު، ގިނަ ބަޔަކު ދަނީ އެކަމާ ހިތާމަފާޅުކުރަމުންނެވެ.