އުރީދޫ މޯލްޑިވްސްގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ އިންޓަނެޓް ސްޕީޑް ދަށްވެގެން މަޑުކުރާކަށް ދެން ނުޖެހޭނެއެވެ. އުރީދޫގެ އެ ކަސްޓަމަރުންނަށް އިންޓަނެޓްގެ ސްޕީޑް ހަލުވިކޮށްލަދޭ ބޫސްޓާ ދެ ޕެކޭޖެއް އެކުންފުނިން ތައާރަފްކޮށްފިއެވެ.
އުރީދޫން މިއަދު ތައާރަފުކުރި ޓާބޯ ސްޕީޑް ބޫސްޓާ ޕްލޭނަކީ ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ސްޕީޑް އިތުރުކޮށްދޭ ފުރަތަމަ ޕެކޭޖެވެ. ޓާބޯ ޕެކޭޖް ބެހިފައިވަނީ ދެ ބަޔަކަށެވެ. އެއީ ސުޕަނެޓް ޓާބޯ 20 އެމް އާއި ސުޕަނެޓް ޓާބޯ 50 އެމްއެވެ.
- ސުޕަނެޓް ޓާބޯ 20 އެމް: މި ޕެކޭޖްގެ އަގަކީ އެންމެ 95 ރުފިޔާއެވެ. 10 ޖީބީގެ ޑާޓާ އެލަވެންސް ލިބޭ މި ޕްލޭނުން ޑާޓާގެ ސްޕީޑް 20 އެމްބީޕީއެސްއާ ހަމަޔަށް އިތުރުކޮށްދޭ އިިރު މި ޕްލޭންގެ މުއްދަތަކީ 24 ގަޑިއިރެވެ.
- ސުޕަނެޓް ޓާބޯ 50 އެމް: މި ޕެކޭޖްގެ އަގަކީ އެންމެ 245 ރުފިޔާއެވެ. 30 ޖީބީގެ ޑާޓާ އެލަވެންސް ލިބޭ މި ޕްލޭނުން ޑާޓާގެ ސްޕީޑް 50 އެމްބީޕީއެސްއާ ހަމަޔަށް އިތުރުކޮށްދޭ އިރު މި ޕްލޭންގެ މުއްދަތަކީ 48 ގަޑިއިރެވެ.
ނަގާފައިވާ ޕެކޭޖުގެ ސްޕީޑަށް ވުރެ ހަލުވި ސްޕީޑް ބޭނުންވާ ހާލަތެއްގައި މި ހާއްސަ ޕެކް އެކްޓިވޭޓް ކޮށްގެން 24 ގަޑި އިރާއި 48 ގަޑިއިރަށް އިންޓަނެޓް ސްޕީޑް އިތުރުވެގެންދާނެއެވެ.