މާފަންނުގައި ހުންނަ އިހުސާނު ފިހާރަ ކައިރި ޕާކުކޮށްފައި ހުރި ހަތް ސައިކަލެއްގައި ރޯކޮށްލައިފިއެވެ.

އެހާދިސާގައި ހަތް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ދެ ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެފައިވާ ކާމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން ސައިކަލުތައް ޕާކުކޮށްފައި ހުރި ދިމާލުގައި ހުރި ގެއަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ.

ސައިކަލު ތަކުގައި ރޯކޮށްލާފައި ވަނީ ރޭ 03:45 ހާއިރު އިހުސާނު ފިހާރަ ކުރިމަތީގައި ހުރި ސައިކަލުތަކެއްގައި ކަމަށް ފުލުހުން ބުނެއެވެ. އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ފުލުހުން ބުނީ މިހާރު އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ.