ރ.ކިނޮޅަހު ކައުންސިލަރެއް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ ނިޔަވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭތެރެއިންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ކިނޮޅަހުގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބުނީ މިރޭ އިރާކޮޅު 19:45 ހާއިރު ކަމަށެވެ. އަދި އެއީ 48 އަހަރުގެ ފިރިހެނެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިކަމާ ގުޅުން ހުރި އިތުރު ތަފްސީލު ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.