ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ހިސާން ހުސައިނަން ތުހުމަތު ކުރެވޭ މައްސަލައިގައި ފިޔަވަޅެއް އަޅާނީ މަޝްވަރާކުރުމަށް ފަހުގައި ކަމަށް އެންޑީޕީން ބުނެފިއެވެ.

"ދަޕްރެސް" އާއި ވާހަކަދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ ހިސާނަން ތުހުމަތު ކުރެވޭ މައްސަލަ އެ ޕާޓީން ބަލަމުންދާ ކަމަށެވެ. އެ މައްސަލައާއި ގުޅޭގޮތުން އެމްޑީޕީން މަޝްވަރާކުރުމަށް ފަހު މިއަދު ގޮތެއް ނިންމާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ހިސާނަން ކުރާ ތުހުމަތަކީ އެގޭގައި އަހަރު ތަކެއް ކުރީން ކިޔަވަން ތިބި ކުދިން ތަކަކަށް ލާއިންސާނީ އަނިޔާތަކެއް ކުރިމަތި ކުރުވި ކަމުގެ ތުހުމަތެވެ. އޭރު އެގޭގައި ކިޔަވަން ތިބި ތިން ފިރިހެން ކުއްޖަކަށާ، ދެ އަންހެން ކުއްޖަކަށް އެކި ކަހަލަ ތުރާތައް ކުރިމަތި ކުރުވި ކަމަށް ބުނެ، ރައީސް ސޯލިހަށް ސިޓީ ހުށައަޅާފައި ވަނީ އޭރު ހިސާންގެ ގޭގައި ކިޔަވަން ހުރި ތުޅާދޫ އަނަސް އަހްމަދެވެ.

މީގެ ކުރިން ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މުޣްނީގެ ކުރީގެ އަންހެނުންނަށް ކޮށްފައިވާ ގެވެށި އަނިޔާގެ ތުހުމަތަކާ ގުޅިގެން އެމްޑީޕީން ވަނީ އޭނާއަށް ކުރި ތާއީދު އަނބުރާ ގެންގޮސް ފައެވެ.