މާލޭގައި ދަންވަރު ނުނިދާ ބައެއް މީހުން ފުޓްބޯޅަ ކުޅުމުގައި އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނިޒާރު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދަންވަރު ދޭއް ޖަހާއިރު ވެސް ޕެޓްރޯލް އަޅަން ކިއުގައި ސައިކަލާއި ކާރު އަދި ތިނެއް ޖަހާއިރުވެސް ފުޓްބޯޅަ ކުޅޭ މީހުން ދަނޑުތަކުގައި އުޅޭކަމަށެވެ. މއީ އާންމު ހާލަތު އޮންނަން ވާނެ ގޮތެއް ނޫން ކަމަށާއި މިކަމަށް ދައުލަތުން ޒިންމާ ނަގައި ހުއްޓުވަން ޖެހޭނެކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު މިހެން ވިދާޅުވެފައިވާ އިރު ވިޔަފާރިކުރުމުގެ ހުއްދަ 24 ގަޑިއިރަށް މި ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން އެފްއެސްއެމްގެ މައި ޕެޓްރޯލް ޝެޑުން 24 ގަޑިއިރަށް ހިދުމަތް ދެއެވެ.
24 ގަޑިއަރަށް ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވަނީ ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހުގައެވެ. ނަމަވެސް މީގެ ކުރިން ޔާމީން ސަރުކާރުގައި 24 ގަޑިއަރަށް ވިޔަފާރުކުރުމުގެ ހުއްދަ ދިނުން މެދުކަނޑާލާފައި ވަނީ މާރާމާރީގެ މައްސަލަތައް އިތުރުވެފައި ވާތީއެވެ.