އެމްޑީޕީގެ އެޖެންޑާ 19 އިން ހާސްވުމެއް ނެތް ދިރިއުޅުން ހޯދައި ދިނުމަށް ގޯތި ކަނޑާފައި ދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މާލޭގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އީވާ އަބްދުﷲ ގެ ކެމްޕޭނު ލޯންޗް ކުރެއްވި ރަސްމިސްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގެ ބޭނުމަކީ ފަހި ދިއިރުޅުމަކަށް މަގު ފަހިކޮށް ބޯހިޔާ ވަހިކަން ޔަގީންކޮށް ދިނުން ކަމަށެވެ. އަދި ވަޒީފާއާ އެނޫންވެސް އެފަދަ ހުރިހާ ކަމަކަށް ހައްލު ހޯދައި ދޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ އިހުސާސްތައް ރަނގަޅަށް ދަންނަ ކެންޑިޑޭޓުން ކަމަށާ ކުރީގައި ބޯހިމަނާހެން މިއަދު އެމްޑީޕީ ކެންޑިޑޭޓާއި، އޭނާގެ އެޖެންޓާ އަދި ސަޕޯޓް ޓީމުތަކުން ނުވަންނަ ގެއެއް ނުހުންނާނެ އެވެ.

އެޖެންޑާ 19 އަށް ވޯޓު ދިނުމަށް ބާރު އަޅުއްވަމުން ނަޝީދު ވިދާޅުވީ 19 ވަނަ މަޖިލީހަކީ ނަޒާހަތްތެރި މަޖިީހެއްކަން ކަށަވަރު ކުރުމަށްޓަކައި މެންބަރުންގެ މާލީ ބަޔާންތައް ހާމަ ކުރަން ޖެހޭނެ ކަމަށާ، އޮޑިޓް އޮފީއާ އެނޫންވެސް އެފަދަ އޮފީސްތަކުން އެމަސައްކަތްތައް ކުރަން އެޖެންޑާ 19 ލާޒިމު ކުރާނެ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ބައެއް މީހުން މަޖިލީހަށް ވަންނަ އިރު އަތުގައި އޮންނަނީ ވާރުތަވެފައި އޮންނަ ކޮންމެސް ގޯއްޗެއް ކަމަށާ މަޖިލީހުގެ ދައުރު ނިމޭރިއު، މާލެއިން ފްލެޓާއި ހުލުމާލެއިން ގޯއްޗާއި ބޯކޮށާ ތަނަކާ އެހެންގޮސް ނުކުރާކަށް މަސައްކަތެއް ނޯންނަކަމަށެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް 395 ކެންޑިޑޭޓުން ވާދަ ކުރެއެވެ.