މައްޗަށްގޯޅި ގެއަކުން ބަނގުރަލާއެކު އަށް ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯމްސަންޓް ޑިޕާޓްމަންޓް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެގެ ބަލާ ފާސްކޮށް ބަގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް ހުރި 500 މިލިލިޓަރު ގެ 888 ޕްލާސްޓިކް ފުޅިއާއި، ފަސް ލިޓަރުގެ ހަ ޕްލާސްޓިކް ފުޅި އަދި 14 ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފައިވަނީ 21 އަހަރާއި 33 އަހަރާއި ދެމެދުގެ ބަންގްލާދޭޝް ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބެނެއެވެ.

މިހަފްތާ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ބިދޭސީންތަކެއް ކާރެއްގެ ތެރެއިން ވަނީ ހައްޔަރުކޮށްފައިވެއެވެ.