އިންޑޮނޭޝިއާގެ ކުރަމުންދާ ގަދަ ވިއްސާރާގައި އިރުމަތީ ޕަޕުއާ ޕްރޮވިންސްގައި ހިންގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 73 މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.
މި ޕްރޮވިންސްގައި އެކަހެރިކޮށް އޮންނަ ހިސާބުތަކުން މީހުން ސަލާޟަތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރަށް މައްޗަށް ދިއުން އެކަށީގެންވާކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.
ބިންގަނޑުކަނޑައިގެން ދިއުމުގެ އިތުރުން ބައެއް ގަސްތައް ވެއްޓިފައި އޮތުމާއި ފެންގަނޑު ބޮޑުވެފައި އޮތުމުގެ ސަބަބުން ދެ ބުރިޖެއް ހަލާކުވެފައިވާއިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށް ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހެއެވެ.
ހޮނިހިރުދުވަހުގެ މެންދުރު ފަހުގެ ވަގުތުން ފެށިގެން އާދީއްތަ ވިލޭރޭވެސް ބޯކޮށް ވިއްސާރަވެހުނު ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން ބުނެއެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާޒްޓާ އޭޖެންސީގެ ތަރުޖަމާނު ސުޓޯޕޯ ނުގްރޯހޯ ވިދާޅުވީ އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ސެންޓާނީ އަވަށަށް ކަމަށާ، އެ އަވަށުން އެކަނިވެސް 50 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށެވެ.
އޮކްޓޯބަރު މަހުން ފެށިގެން އޭޕްރިލް މަހާއި ދެމެދު ހޭދަވާ ދުވަސްތަކަކީ އިންޑޮނޭޝިއާއަށް ވިއްސާރަކުރާ ދުވަސްވަރަކަށްވާއިރު، މިއަހަރުގެ ޖަނަވަރީ މަހުވެސް މިފަދަ ހާދިސާއެއް ހިނގާ، 70 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.