ކާރެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކާރެއްގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މައުލޫމާތު ލިބިގެން ރޭ 8:00 ހާއިރު އެ ކާރު ހުއްޓުވާ ބަލާ ފާސްކޮށްފައި ވާ ކަމަށެވެ. އެ ކާރުގެ ފަހަތު ސީޓުގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރިކަމަށް ފުލުހުން ބުނެއެވެ. އެ ތަކެތި ހުރީ ރަބަރު ކޮތަޅަކާއެކުގައެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 21، 25 އަދި 28 އަހަރުގެ ބަންގްލަދޭޝް މީހުން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އަންނަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހަފްތާތެރޭގައި ދުވަހު ޏ. ފުވައްމަލަކާއި ލ. ގަމުންވެސް ވަނީ މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފައެވެ. އެގޮތުން ޏ. ފުވައްމުލަކުން ހައްޔަރުކޮށްފައި ވަނީ 48 އަހަރުގެ ފިރިހެނެވެ. އަދި ލ. ގަމުން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.