ހދ ކުޅުދުއްފުށީ ބަނދަރުގައި އޮތް ސީކްއީން ނަމަކަށް ކިޔާ ބޯޓުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ. މާލެ ދަތުރުކުރާ މި ބޯޓުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެރަށުން މައުލޫމާތު ލިބެއެވެ. މިބޯޓުގައި އަލިފާން ރޯވެގެން ރިޕޯޓްކުރީ މިއަދު 12:28 ގައި ކަމަށް އެމްއެމްޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިހާރު ބޯޓުގެ އިންޖީނު ރޫމުން ދުން އަރާތީ ކުޅުދުއްފުށީގައި ތިބޭ ފަަޔާ އެންޑް ރެސްކިޔު ޓީމުން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.