އިންޑިއާގެ ޓީވީ ޗެނަލްތަކުން ދައްކާ ހިންދީ ޑްރާމާތަކާއި ސީރީޒްތަކުގައި މަސައްކަތްކުރާ ތަރިންގެ ނަން، ކްރެޑިޓް ލިސްޓުގައި ނުހިމަނާ މައްސަލަ ބޮޑުވެއްޖެއެވެ.

އެޕިސޯޑްތައް ނިންމުމަށްފަހު ކްރެޑިޓް ރޯލު ނުކުރާ މައްސަލައިގެ ޝަކުވާ ފާއިތުވީ ދެތިންމަހެއްހާ ދުވަހު ބޮޑުވެފައިވާއިރު، ތަރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮތީ އެ ތަރިންގެ އަސްލު ނަން ގިނަ މީހުންނަށް ނޭނގޭތީއެވެ.

ހިންދީ ޑްރާމާތަކާއި ސީރީޒްތަކުގައި މަސައްކަތްކުރާ ބައެއް ތަރިންނަކީ، އެމީހުންނަށް ކިއާ އަސްލު ނަމަށްވުރެ ބޮޑު އެ އުފެއްދުންތަކުގައި އެ ތަރިން އަދާކުރާ ކެރެކްޓަރުންގެ ނަމުން މަޝްހޫރުވެފައިވާ ތަރިންނެވެ. ކަންމިހެންއޮތްއިރު، މުނިފޫހިފިލުވުމުގެ ދާއިރާގައި އަމިއްލަނަން އިއްވާލަން ބޭނުންވެފައި ތިބި ގިނަ ތަރިންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތަރިންގެ މި ޝަކުވާތަކާއި ގުޅޭ ގޮތުން ޕްރޮޑިއުސަރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.