މަޝްހޫރު މިއުޒީޝަން އެލީޝާ ކީޒްގެ ދިރިއުޅުމާއި ބެހޭ ގޮތުން އޭނާ އަމިއްލައަށް ލިޔެފައިވާ ފޮތް "މޯ މައިސެލްފް" ޝާއިއުކުރާނީ، ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައިވާ މަޝްހޫރު ޓީވީ ހޮސްޓް އޯޕްރާ ވިންފްރީ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެލީޝާ ކީޒް ސިފަކުރާ ގޮތުގައި މި ފޮތުގައިވާ ވާހަކަތަކަކީ އޭނާގެ ހަޔާތުގެ ދަތުރެވެ.

"ސޯންގްސް އިން އޭ މައިނާ"ގެ ނަމުގައި އޭނާގެ ފުރަތަމަ އަލްބަމް، އުމުރުން އެންމެ 21 އަހަރުގައި 2001 ވަނަ އަހަރު ރިލީޒްކުރި އެލީޝާ ކީޒްގެ އިތުރު 5 އަލްބަމެއް މިހާތަނަށް ރިލީޒްކޮށްފައިވާއިރު، އޭނާ ވަނީ 15 ގްރެމީޒްވެސް ހާސިލުކޮށްފައެވެ.