ޓެކްނިކަލް މައްސަލައެއް ޖެހިގެން އެމަޖެންސީކޮށް މޯލްޑިވިއަންގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.

މާލެއިން ކައްދޫއަށް، އަދި ކައްދޫއިން ގަމަށް ދަތުރު ކުރި ކިއު2-118 ނަންބަރުގެ ފްލައިޓު ލޭންޑިން ގިއަރުގައި މައްސަލަ ޖެހުނީ މާލޭން ފުރައިގެން ކައްދޫގައި ޖައްސައިފައި ގަމަށް ދިޔަ އިރެވެ.

މި ފްލައިޓް ލޭންޑް ކުރުމަށް ޝެޑިއުލް ކޮށްފައި ވަނީ މެންދުރު 12:21 ގައެވެ. ނަމަވެސް މި ފްލައިޓު ޖައްސާފައި ވަނީ މެންދުރު 1:37 ގައިއެވެ. މޯލްޑިވިއަންއިން ބުނި ގޮތުގައި ފްލައިޓު ނުޖެއްސި އެއް ގަޑިއިރާއި 20 މިނެޓް ހޭދަވިއެވެ.

އަދި ފްލައިޓް އެމަޖެންސީގައި ކާމިޔާބު ކަމާއެކު ޖެއްސި އިރު އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން އެއްވެސް މީހަކަށް އަނީޔާއެއް ނުވާކަމަށް އެ އެއާލައިނުން ބުނެއެވެ.