ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެ މެނދުރުފަހުގެ ވަގުތެއްގައެވެ. ނަމަވެސް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

ނިހާޔަތު އިސްތިއުފާ ދެއްވުމުން ޑީޕީޖީގެ މަގާމުގައި މިހާރު ހުންނަވާނީ މަހްމޫދު ސަލީމެވެ.

ކުރިން ސިވިލް ކޯޓުގެ ގާޒީކަންވެސް ކުރައްވާފައިވާ ނިހާޔަތު، ޕީޖީއަށް ގުޅިވަޑައިގަތީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެސިސްޓެންޓް ޕީޖީގެ މަޖާމަށެވެ. ޑީޕީޖީންގެ ގޮތުގައި ދެ ބޭފުޅަކު ތިއްބަވާގޮތަށް 2016 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހަކާ އެކު ނިހާޔަތާއި މަހްމޫދު ސަލީމް ޑީޕީޖީގެ މަގާމަށް އޭރު ހޮވިވަޑައިގަތެވެ.