އަންނަ މަހު އޮންނަ މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރާނެފަރާތެއް ހޯދުމަށް އަނެއްކާވެސް އިލެކްޓަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.

އީސީން މިއަދު ކުރި އިއުލާނުގައި ވަނީ، ވޯޓު ކަރުދާސް ޗާޕް ކުރާނެ ފަރާތެއް ހޯދުމަށް އީސީން ކުރިން ކުރި އިއުލާނަށް އެކަށިގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާނު ބާތިލްކޮށްފައިވާ ކަމަށެވެ.

މި ބިޑަށް ހުށަހަޅާ ފަރާތްތަކުން ސެކިޔުރިޓީގެ ގޮތުގައި 35،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއެއް ކަމަށް އެ އިއުލާނުގައި ވެއެވެ.

ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ. އެގޮތުން ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް އިންސައްތައެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 އިންސައްތަ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ކަމަށްވެސް އީސީން ބުނެއެވެ.

މި ބިޑަށް ހުށަހަޅާ ފަރާތްތަކުން ސެކިޔުރިޓީގެ ގޮތުގައި 35،000 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:00 ގައި އީސީގައެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް އީސީން ބުނެއެވެ.