ފީނަން ގޮސްގެން އުޅެނިކޮށް ފަތުރުވެރިއަކު މަރުވެއްޖެއެވެ. އެހާދިސާގައި މަރުވީ ޖަޕާނު ރައްޔިތެއް ކަމަށާ އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ރޭ 9:48 ހާއިރު އެ މީހާ މަރުވެފައިވަނީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ފީނަން ގޮސްގެން އުޅެނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

މަރުވި މީހާގެ އުމުރަކީ 64 އަހަރެވެ. އޭނާ މަރުވީ ފީނުމަށް ފަހު ހާލު ދެރަވެގެން އެ އަތޮޅު ސިއްހީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށް މައުލޫތު ލިބެއެވެ.

މި ދިޔަ މަހު ކުރީކޮޅުވެސް ބ. އެނބޫދޫ ކައިރީގައި އޮންނަށް ރަންގަލި ފަރު ހިސާބަށް ފީނަށް ފޭބި ބ. ތުޅާދޫ، ޔާފިއު ހުސެއިން ވެސް ވަނީ މަރުވެފައެވެ.