ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުން ސޫރިޔާގައި މިވަގުތު ހަރަކާތްތެރިވަމުންދާ ހަމައެކަނި ސަރަހައްދަށް އަމާޒުކޮށް، އެމެރިކާގެ އެއްބާރުލުމާއެކު ހަނގުރާމަކުރަމުންދާ ސީރިއަން ޑިމޮކްރަޓިކް ފޯސަސް (އެސް.ޑީ.އެފް) އިން އަނެއްކާވެސް ވަރުގަދަ ހަމަލާއެއް ދީފިއެވެ.

އެސް.ޑީ.އެފްގެ މީޑިއާ އޮފީހުގެ އިސްވެރިޔާ މުސްތޮފާ ބާލީ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އައިސިސްއާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުންދާ ކަމަށެވެ.

ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ލޭބަލް އެޅުވިފައިވާ އައިސިސް ޖަމާއަތުން މިހާރު ހަރަކާތްތެރިވަމުންދަނީ ސޫރިޔާގެ އިރުމަތީ އަވަށެއް ކަމަށްވާ ބިޣޫޒްގައި އެކަންޏެވެ. އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ގައުމުތަކުން ބިޣޫޒްގެ ކޮންޓްރޯލް ލިބުމާއިއެކު، 2014 ވަނަ އަހަރު އައިސިސްއިން ގާއިމުކުރި ކަމަށް ބުނާ "ޚިލާފަތް" ނިމުމަކަށް އައިކަން ރަސްމީކޮށް އިއުލާންކުރެވޭނެއެވެ.

އައިސްއާއި ގުޅިގެން ހަނގުރާމަކުރަމުންދިޔަ 4000 އެއްހާ މީހުން ކަމާއި ބެހޭ ފަރާތްތަކާއި އަމިއްލައަށް ހަވާލުވެފައިވާއިރު، އައިސިސް ޖަމާއަތުން ރަހީނުންގެ ގޮތުގައި ގެންގުޅުން މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެމީހުންނާއި ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ކައިވެނިކުރުމަށް ސޫރިޔާއަށް ދަތުރުކުރި ގިނަ އަދަދެއްގެ މީހުންވެސް މިހާރު އެމީހުންގެ އަމިއްލަ ވަޒަނަށް ދާން ބޭނުންވާކަން ހާމަކޮށްފައިވާއިރު، އެގައުމުތަކުން ދަނީ ޓެރަރިސްޓުންނަށް ފުރުސަތު ދެވެން ނެތްކަމަށް ބުނެ، އެ މީހުންގެ ރަށްވެހިކަން ބާތިލުކުރަމުންނެވެ.

ސޫރިޔާއިން އިން އައިސްސްގެ ބާރު ކަނޑުވާލެވުނު ނަމަވެސް، މެދުއިރުމަތީގެ އިތުރުން މުޅި ދުނިޔެއަށްވެސް އައިސިސްގެ ނުރައްކާ އަދިވެސް އެބައޮތެވެ.