މިއަދު ހަވީރު 16:00 ހާއިރު ލ.މާމެންދޫ އިން، އައިމިނަތު ޝިމާ ނާފިޒުގެ އަންހެން ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ތިން މީހަކު ދަނިކޮށް، ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އޭގެ ތެރެއިން އެކަކަކީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވީ ހުކުރު ދުވަހު ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލިފައިވާ ކަމަށް ބުނި ޝިމާ، 19 އިން ޑިންގީ ދުއްވަން އިން އިބްރާހިމް ފަޒީލު، 24 ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަން ޝިމާގެ ބޭބެ "ދަޕްރެސް" އަށް ކަށަވަރު ކޮށްދީފައި ވާއިރު ފުލުހުން ބުނެފައިވަނީ ހާދިސާ ތަހުގީގު ކުރަމުން ދާތީ އަދި އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.
"ދަޕްރެސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިފަހަރު ފަޒީލް ގެންދަން އުޅުނީ ޝިމާގެ ހަގަށް ހުންނަ 16 އަހަރުގެ އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. ފަޒީލްގެ ބޭބެ އަހުމަދު ޝައިނީ ނާފިޒު ބުނީ މިއަދުގެ ހާދިސާގައި ފަޒީލު ހިމެނޭ ކަން އޭނާއަށް ޔަގީންވެފައި ވާކަމަށެވެ.
މިހާދިސާގައި ފުލުހުން ޑިންގީ ހުއްޓުވި އިރު އޭގައި 3 ފިރިހެނުން ތިބި ކަމަށާ އެންމެންވެސް ތިބީ މޫނު ނިވާކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު މި 3 މީހުނާ 16 އަހަރުގެ ކުއްޖާވެސް ވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވަނީ އެނގިފައެވެ.
ފުލުހުން ބުނީ ޑިންގީ އަތުލީ ސިކްސް ސެންސް ރިސޯޓް ކައިރިން ކަމަށެވެ. މި ރިސޯޓަކީ ކުރީ ހާދިސާގައި ޝިމާ ގެއްލުނު ކަމަށް ބުނެ ފަޒީލު ފަތާފައި އެރި ރިސޯޓެވެ.
ޝިމާގެ ބޭބެ ކިޔައިދިން ގޮތުގައި ފަޒީލަކީ ޝިމާގެ ކޮއްކޮ އާ ރައްޓެހިވެގެން އުޅުނު މީހެކެވެ. އަދި މިއަދުގެ ހާސިދާގައި ޑިންގީއަށް އަރުވައިގެން ގެންދިޔައީ ރައްޓެހިވެގެން އުޅުނު ކޮއްކޮގެ އެއްމާބަނޑު އަނެއް ކޮއްކޮއެވެ.
ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުން ދާއިރު ޝިމާ ގެއްލުނު ހާދިސާގައި ތަހުގީގު ކުރިއަށް ގޮސްފައި އޮތް މިންވަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެކުއްޖާ ދިޔައީ ރުހުމުގަ. ޝައިނީ ދުލުން މަ ކައިރީގަ ރޭގަވެސް ބުނި