އއ މަޑިވަރު ފިނޮޅު ކައިރިން ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފިއެވެ.

އެއީ އުމުރުން 70 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ. ޗައިނާއިން ރާއްޖެއަށް އައިސް އުޅުނު މި ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު ފަހު 2:34 ހާއިރެވެ.

އެމީހާގެ ހަށިގަނޑު އއ. އަތޮޅު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އެމީހާ ވަނީ މަރުވެފައެވެ. އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ގެއްލުމެއް ލިބިފައިވާ ނުވާ ކަމަށް ވެއެވެ.

މިހާރު އެމީހާގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މަރުވެފައިވާ ފަތުރުވެރިޔާ އަކީ އއ. ތޮއްޑޫގައި ހުންނަ ސަމާއިން ގެސްޓް ހައުސް އަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސް އުޅުނު މީހެކެވެ.