ޕީޕީއެމުން ވާދަކުރާ 14 ދާއިރާއަކަށް ޖުމްހޫރީ ޕާޓީގެ 14 ކެންޑިޑޭޓަކުވެސް ވާދަ ކުރާ ކަމަށާ، އަދިވެސް ވާހަކަ ދައްކައިގެން ހައްލެއް ހޯދެން އޮތް ނަމަ ހޯއްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޖޭޕީއިން ވާދަ ކުރާ ފައިނަލް ދާއިރާތައް ހާމަ ކުރައްވަން މ. ކުނޫޒުގައި މިހާރު ބާއްވަމުން ދާ ބައްދަލު ވުމުގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިން 32 ދާއިރާއަކަށް ވާދަ ކުރާ ކަމަށާ އަދި ޕީޕީއެމުން ވާދަ ކުރާ 32 ދާއިރާއަކަށް ޖުމްހޫރީ ޕާޓީން ތާއީދު ކުރަންވެސް ނިންމާފައިވާ ކަމަށެވެ.
ޖޭޕީން ތާއީދު ކުރާ ޕީޕީއެމުގެ 32 ކެންޑިޑޭޓުންނަކީ؛
މުޙައްމަދު އިސްމާޢީލް (ހޯރަފުށި ދާއިރާ)
އިބްރާހީމް ޝުޖާޢު (ބާރަށު ދާއިރާ)
މުޙައްމަދު ޙަސަން (ދިއްދޫ ދާއިރާ)
ޢަލީ ޢާރިފް (ކެލާ ދާއިރާ)
ޢަބްދުއްރަޙްމާން އިސްމާއީލް (ކުޅުދުއްފުށި ދެކުނު ދާއިރާ)
ޔަޝްފާ ޢަބްދުލްޣަނީ (މަކުނުދޫ ދާއިރާ)
އިބްރާހީމް ރަޝީދު އިދުރީސް (ކޮމަންޑޫ ދާއިރާ)
ޢަލީ ސަލީމް (ފުނަދޫ ދާއިރާ)
ޙުސްނީ މުބާރިކް (މަނަދޫ ދާއިރާ)
އަޙްމަދު ޙުސައިން (އަލިފުށި ދާއިރާ)
މުޙައްމަދު ޢަލީ (ދުވާފަރު ދާއިރާ)
އިބްރާހީމް ފަލާޙް (އިނގުރައިދޫ ދާއިރާ)
މުޙައްމަދު ޢަޠީފް (ތުޅާދޫ ދާއިރާ)
އަޙްމަދު ސަލީމް (އޭދަފުށި ދާއިރާ)
ޢަބްދުﷲ ނާޒިމް އިބްރާހީމް (ހިންނަވަރު ދާއިރާ)
އާދަމް ތައުފީޤު (ކުރެންދޫ ދާއިރާ)
އަޙްމަދު ޞިއްދީޤު (ތުލުސްދޫ ދާއިރާ)
އިބްރާހީމް ރިޒާ (ގުރައިދޫ ދާއިރާ)
އަޙްމަދު ޠާރިޤް (މަހިބަދޫ ދާއިރާ)
އިބްރާހީމް ފަޒުލް ރަޝީދު (ފެލިދޫ ދާއިރާ)
ހީނާ ވަލީދު (ދިއްގަރު ދާއިރާ)
މަރްޔަމް ޖުހައިނާ ޞާދިޤު (މުލަކު ދާއިރާ)
ޢަބްދުﷲ ޚަލީލް (ނިލަންދޫ ދާއިރާ)
އަޙްމަދު ރަޝީދު (ގައްދޫ ދާއިރާ)
ޙަސަން ޚާލިދު (ފުވައްމުލަކު މެދު ދާއިރާ)
މުޙައްމަދު ޖިނާން ޖަލީލް (ހިތަދޫ އުތުރު ދާއިރާ)
މުޙައްމަދު ޝާހިދު (ހުޅުދޫ ދާއިރާ)
ޝެރީނާ ޢަބްދުއްޞަމަދު (މަރަދޫ ދާއިރާ)
އިބްރާހީމް ފައިޞަލް (ހުޅުމާލޭ ދާއިރާ)
ޖަމީލާ ޢަލީ ޚާލިދު (މައްޗަންގޮޅި އުތުރު ދާއިރާ)
ޤީލާ ޢަލީ (މާފަންނު ހުޅަނގު ދާއިރާ)
އަސްމާ ރަޝީދު (މާފަންނު މެދު ދާއިރާ)
ގާސިމް މިރޭ ވިދާޅުވީ އިދިކޮޅު ޕީޕީއެމް ކޯލިޝަނާއި ގުޅިގެން މަޖިލީހަށް ވާދަކުރަން ޖެހުނީ ސަރުކާރު ކޯލިޝަނުގެ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތާއި އެމްޑީޕީން ހިލާފުވެފައި ވާތީ ކަމަށެވެ.