ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނަޔަ ނުދެއްވާކެ ކަމަށާ އެ ނިޒާމު ގެނެސްގެން [ބޮޑުވަޒީރު ހެދެން] ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމު މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމަށް ކުރިމަތިލައްވާ އަބްދުﷲ ރިޔާޒުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް އެ އިޝާރާތް ކުރައްވަނީ، ރާއްޖެއަށް ކަމުދަނީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވާތީ އެކަމަށެވެ.
ރާއްޖެއަށް އެންމެ ފައިދާ ހުރި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ވަނީ ރާއްޖެ ވަޑައިގެން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. އަދި އޭގެ ކުރިން ރިޔާސީ ޕްރިމަރީގެ ތެރޭގައި ނަޝިދު ވިދާޅުވެފައި ވަނީ ވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ރައްޔިތުން ވޯޓު ދީފައިވާ ގޮތުން، ރާއްޖެއަށް ބޭނުންވަނީ ބަރުލަމާނީ ނިޒާމެއްކަން ސާފުވެވަޑައިގަންނަވާ ކަމަށެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފަހުން، ސިޔާސީ އެއް ފަރާތަކަށް 51 ޕަސެންޓް ވޯޓު ލިބިފައި ނުވާ ކަމަށާއި ހުރިހާ އިންތިހާބެއް ވެސް ކާމިޔާބު ކުރީ އިއްތިހާދަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ދައްކަވާ ބަރުލަމާނީގެ ވާހަކަ ތަކަށް ރައްދު ދެއްވާ [ބޮޑު ވަޒީރު ހެދެން] ނޫޅުއްވުމަށް ގާސިމު ވިދާޅުވާ ވާހަކަ އަމާޒު ވަނީ ރައީސް ނަޝީދަށެވެ.
ރާއްޖޭގައި މިހާރު ވެރިކަން ކުރަމުން ދަނީ ރިޔާސީ ނިޒާމަކަށެވެ. ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރާއި ދައުލަތުގެ އިސްވެރިން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.