ރޭ ދަންވަރު މާލޭން ތިން ބިދޭސީ އަކަށް ވަޅިން ބިރުދެއްކުމަށްފަހު ފޭރިގެންފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 3.30 ހާއިރެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގަލޮޅު ގެއެއްގެ ގްރައުންޑް ފްލޯގައި ދިރިއުޅޭ ތިން ބިދޭސީން އަތުން ފޭރިގެންފައި ވަނީ ހަތަރު މީހަކު ވަނދެ ވަޅިން ބިރުދެއްކުމަށް ފަހުއެވެ.

މި މީހުން އަތުން ފޭރިގެންފައިވަނީ 6606 ރުފިޔާއާއި ތިން ފޯނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މައްސަަލަ ތަހުގީގު ކުރަމުން ދާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.