ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އެކައުންޓްތަކުން ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެެރޭގައި 79.51 ބިލިއަން ރުޕީސް (1.12 ބިލިއަން ޑޮލަރު) ގެ ހިޔާނާތެއް ވެފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އިންޑިއާ ސަރުކާރުގެ މައި ބޭންކް، އެސްބީއައިއާ ހަވާލާދީ ރޮއިޓާސް އިން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި ހިޔާނާތުގެ 1885 ކޭހެއް ފެންމަތިވެފައިވާ ކަމަށެވެ. ނަމަވެސް ބޭންކްގެ ކަސްޓަމަރުނަށްވީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެސްބީއައި އިން ބުނީ އެ ހިޔާނާތް ހިންގާފައި ވަނީ ތަންކޮޅެއް މަތީ ފަންތީގެ އަދި އެހާ ބޮޑަށް އޮޕަރޭޓް ނުކުރާ އެކައުންޓްތަކުން ކަމަށެވެ. އަދި އޭގެ ތެރެއިން ބޮޑު ބައެއް ކުރިން ހަމަޖައްސާފައިވާ ކަމަށެވެ.

އިންޑިއާގެ ބޭންކުތައް ވަނީ ވަރަށް ބޮޑަށް ބަލަން ފަށައިފަ އެވެ. އެއީ ޕަންޖާބުގެ ސްޓޭޓުން ހިންގާ، ޕަންޖާބު ނޭޝަނަލް ބޭންކުން ދެ ބިލިއަން ޑޮލަރުގެ ހިޔާނާތެެއް ފަޅާ އެރުމުންނެވެ.

ރާއްޖޭގައިވެސް އެސްބީއައި ގެ ބްރާންޏެއް އެބަހުއްޓެވެ.