ހއ ކެލާގެ އިރު އުތުރުން ރާއްޖޭގެ އީއީޒެޑްގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ 4 މަސްބޯޓު ކޯސްޓްގާޑުން އަތުލައިފިއެވެ. ކޯސްޓްގާޑުން ބުނީ ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލުން މަސްވެރިކަން ކުރަން އުޅެނިކޮށް ފުރަތަމަ ފެނުނީ ދެބޯޓު ކަމަށެވެ. އަދި ކޯސްޓްގާޑުގައި އޮންނަ އެންމެ ބޮޑު ބޯޓް "ހުރަވީ" އިން އެ ދެބޯޓު ހިފަހައްޓާ ހދ ކުޅުދުއްފުށްޓަށް ގެނައުމަށް މިސްރާބު ޖަހާފައި ވަނިކޮށް އަނެއްކާ އިތުރު 2 ބޯޓު ފެނިގެން އަތުލި ކަމަށެވެ. އަދި މިހާރު މި 4 ބޯޓުވެސް ކުޅުދުއްފުށްޓަށް ގެނައުމަށްޓަކައި ދުއްވަމުން ދާކަމަށް މައުލުމާތު ލިބެއެވެ. އަދި ކުޅުދުއްފުށްޓާ ހިސާބަށް ފޯރާނީ މިރޭ ދިހަހެއް އެގާރަ ޖަހާ އެހާކަ ން ހާއިރު ކަމަށްވެސް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ.

ރާއްޖެއަކީ ކަނޑުގެ މަސްވެރިކަމަށް މަގުބޫލު މަންޒިލެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ކަމާ ވަސީލަތްތަކުގެ މަދުކަމުން ރާއްޖޭގެ ކަނޑުން ވަގަށް މަސްވެރިކަން ކުރި ނަމަވެސް ހޯދައިގަތުމަކީ ކުރިން އޮތް ގޮންޖެހުމެކެވެ. ނަމަވެސް ކޯސްޓްގާޑުން ދާދި ފަހުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުން ގެންދާ ކަމަށެވެ.