މާލޭން ހުޅުމާލެ އަށް ދަތުރުކުރަމުންދިޔަ އެމްޕީއެލްގެ ބަހަކާއި ދެސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރޭ 23:29 ހާއިރު ރިޕޯޓް ކޮށްފައިވާ މި އެކްސިޑެންޓް ހިނގައިފާ ވަނީ ހުޅުލެ އަށް ފައިބާ ހިސާބުންނެވެ. އެއީ ޓްރެފިކް ލައިޓާ ހިސާބެވެ.

މި އެކްސިޑެންޓްގައި ދެ ސައިކަލުން އެއް ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާ ލިބިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އަނިޔާވި އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ވނީ ފަރުވާ ދީފައެވެ.

މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ އެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފަހަކަށް އައިސް ބްރިޖް އަދި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަން ބްރިޖް އަދި ހައިވޭގައި 166 އެކްސިޑެންޓް ހިގައިފައިވެއެވެ. މި ހަފްތާ ތެރޭގައިވެސް މިއީ ހިނގި ދެވަނަ އެކްސިޑެންޓެވެ.