ރޭ 22.46 ހާއިރު ގއ.ކޮލަމާފުށީ ގެއަކުން ތިޖޫރީއެއް ވަގަށް ނެގިކަމަށް ބުނެ ހުށަހެޅުނު މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ތިޖޫރީ ނެގިކަމަށް ތުހުމަތު ކުރެވޭ ދެ ފިރިހެނުންނެވެ. އެއީ 28 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވަނީ ވަގަށް ނަގާފައިވާ ތިޖޫރީ ވަލުތެރެއިން ހޯދާފައެވެ. ތިޖޫރީގައި ޖުމްލަ 13510 ރުފިޔާ ހުރިކަމަށްވެއެވެ. އޭގެ ތެރެއިން 11010 ރުފިޔާ ފުލުހުން ވަނީ ހޯދާފައިވެއެވެ.

ހޯދާފައިވާ ފައިސާ ތަކުގެ ތެރެއިން 1000 ރުފިޔާ ފެނިފައިވަނީ މި މައްސަލާގައި ހައްޔަރު ކުރި 28 އަހަރުގެ ފިރިހެންމީހާ އަތުންނެވެ.