ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަން، މަރު ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް ވޯޓަށް އެހުމަށް އަނެއްކާ ވެސް އެޖެންޑާކޮށްފިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތަކާއި ވައްކަމާއި ހިޔާނާތް ބަލާ ކޮމިޝަނަަށް ބާރު ދިނުމުގެ ބިލާއި ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތަށް ޕެންޝަން ގާނޫނު އިސްލާހު ގެނައުމުގެ ބިލު މީގެ ކުރިން ތިން ޖަލްސާއަށް އެޖެންޑާކޮށް ވޯޓަށް އެހި ނަމަވެސް، މެންބަރުން ހަމަ ނުވެގެން އެ ބިލްތަކަށް ވޯޓު ނުނަގާ މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. ވޯޓަށް އެހިފައި ނުވަނީ އެފަދަ ބިލަކަށް ވޯޓަށް އަހަށް ބޭނުންވާ އަދަދު ކަމަށްވާ 43 މެމްބަރުން ޖަލްސާއަށް ހާޒިރުވެވެޑައިނުގަންނަވާތީ އެވެ.
ސަރުކާރު ކޯލިޝަނަށް ނިސްބަަތްވާ ބައެއް މެމްބަރުންގެ އެއްބާރުލުން ނުލިބިގެން ސަރުކާރުން ބޭނުންވާ ބައެއް ބިލްތައް ފާސް ނުކުރެވި މަޖިލީސް ޖަލްސާތައް ނިންމާލަން ޖެހުން ތަކުރާރުވަމުން އަންނައިރު، މަޖިލީހުގެ ވޯޓު ގަޑީގައި މަޖިލީހަށް ވަޑައިނުގެންނެވި ކޯލިޝަން މެމްބަރުންގެ ނަންތައް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ވޯޓު ގަޑީގައި މަޖިލީހަށް ވަޑައިނުގަންނަވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ކަމަށް ރޮޒައިނާ ވަނީ ހާމަކުރައްވާފައެވެ. އަދި ޖޭޕީގެ އަށް ނިސްބަތްވާ 10 މެމްބަރަކު މީގެ ތެރޭގައި ހިމެނެއެވެ.
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު
- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝާހިދު
- ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން
- މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިން
- ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން
- ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
- ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން
- ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު
- ތ ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮން މަނިކު
- މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީ
މީގެ އިތުރުން މަޖިލީހަށް ވަޑައިނުގަންނަވާ އެހެން ޕާޓީތަކުގެ މެންބަރުންގެ ތެރޭގައި:
- ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
- ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
- މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްޤާދިރު
- ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް
- ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް
- ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު
- އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު
- ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ
- އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
- ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު
- އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
- ކ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ
- މަހުބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގް
- ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް
- ދ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު
- ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް
- ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
- ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު
- މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު
- ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
- ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު
- ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
- ފެދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
- މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު
- މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު
- ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން
- ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާޢީލް
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު
ރިޔާސީ ކޮމިޝަނުގެ ބިލަކީ ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ލާޒިމް ކުރާ ބިލަކަށް ވުމުން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެފަދަ ބިލަކަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެންނެވެ. ނަމަވެސް އިއްޔެ މަޖިލީހުގައި ވޯޓު ގަޑީގައި ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 37 މެމްބަރުންނެވެ. އަދި އޭގެ ކުރީގެ ޖަލްސާގައި ވޯޓަށް އެހިއިރު ތިއްބެވީ 42 މެމްބަރުންނެވެ.
މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި ވައްކަމާއި ހިޔާނަތް ބަލާ ކޮމިޝަނާއި ޕެންޝަން ފައިސާއިން ހައްޖަށް ދެވޭނެގޮތް ހެދުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރުމަށް އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.