އިރުމަތީ ޤުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ތެރޭގައި ހުންނަ އައްރަޙުމާ ދޮރާށި ކައިރިގައި ފަލަސްޠީނުގެ ރައްޔިތުން ހުކުރު ނަމާދުކޮށްފިއެވެ.

މިއީ 16 އަހަރަށްފަހު، ފަލަސްޠީނުގެ ރައްޔިތުން އެ ސަރަހައްދުގައި ނަމާދު ކުރި ފުރަތަމަ ފަހަރެވެ.

އިސްރާއީލުގެ ކަމާއި ބެހޭ ފަރާތްތަކުން އަހަރުތަކެއް ވަންދެން ބަންދުކޮށްފައި އޮތް މި ސަރަހައްދު ހުޅުވާފައިވަނީ ދީނީ މުސްލިމު އޮފިޝަލުންތަކެއް ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން މިސަރަހައްދަށް ދެވެން އޮންނަ ދޮރާށި ހުޅުވާ ދެއްވީ، އުރުދުންގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ރިލިޖަސް އެންޑޯމަންޓްސް އޮތޯރިޓީގެ ޑައިރެކްޓާ ޝައިހު އަބްދުލް އާޒިމް ސަލްހާބު ކަމަށް މައުލޫމާތު ލިބެއެވެ.

މި ސަރަހައްދު ބަންދުކުރުމަށް އިސްރާއީލުގެ ކަމާއި ބެހޭ ފަރާތްތަކުން 2003 ވަނަ އަހަރު ނިންމި ނިންމުމަށް އިސްރާއީލުގެ ހައިކޯޓުން ތާއީދުކުރީ 2017 ވަނަ އަހަރުއެވެ.