ބާރުގެ ބޭނުން ކުރާ އެއްވެސް ހާލަތެއްގައި ފުލުހުން އެބާރެއް ބޭނުން ކުރި ގޮތް ބައްލަވާނެ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުޙަންމަދު ހަމީދު ވިދާޅުވެއްޖެއެވެ. ހަމީދު މިހެން ވިދާޅުވެފައި މިވަނީ މިއަދު ހަވީރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ރައީސް ޔާމީނުގެ ސަޕޯޓަރުން ހޮސްޕިޓަލުގެ ތެރޭގައި އަޑުގަދަކުރުމާއެކު މަސްލަހަތު ގެއްލިގެން ދިޔުމުން ފުލުހުން ޕެޕަސްޕްރޭ ޖެހި މައްސަލައިގައި އާންމު އެކި ފަރާތްތަކުން ފާޑު ކިޔަން ފެށުމުންނެވެ.
ހަމީދު ވިދާޅުވީ ބާރުގެ ބޭނުން ފުލުހުން ކޮށްފައި ވާ ވަރު ދެނެގަތުމަށް ފުލުހުންގެ ތެރޭގައި ގާއިމުކޮށްފައިވާ ނިޒާމުތަކުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އަބަދުވެސް ބާރުގެ ބޭނުން ފުލުހުން ކުރަނީ ހާލަތާ ނުބައްދަލު ގޮތަށް ކަމަށް ބުނެ އާންމުންގެ ފާޑު ކިޔުން ފުލުހުންނަށް އޮންނަ ކަމަށާ އެއީ ބަލާ ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާ ކަމެއްކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
މިއަދު ރައީސް ޔާމީނު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔުމުން ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތްވާ ގިނަ ބަޔަކު ހޮސްޕިޓާ ތެރެއަށް ވަދެ ވަނީ އަޑުގަދަ ކޮށްފައެވެ. މި ހާދިސާގައި ޕީއެންސީގެ ރައީސް އަދި ފުނަދޫ ދާއިރާގެ މަޖިލީސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ އަތްޕުޅުން ތަންކޮޅެއް ކަނޑައިގެންގޮސް ލޭ އައިކަންވެސް ފާހަގަ ކޮށްލެވެއެވެ.
ރައީސް ޔާމީން ހޮސްޕިޓަށް ގެންދިޔައީ ރޫޓިން ޗެކަޕަކަށް ކަމަށާ މިހާރު އޮންނެވީ އެޑްމިޓް ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
ބާރުގެ ބޭނުން ކުރި. އެކަން ޔަގީން. އަނިޔާ ދިން. އެކަންވެސް ޔަގީން. ކޮއްކޮ އަލަށް ސީޕީ ވާން އުޅޭއިރު ވަރަށް މައިކްރޮސްކޯޕިކްކޮށް ދޯ ކަންތައް ފެންނަނީ މިހާރު.
ޜަހްމަތްތެރިއެއްގެ ބައިކު ޓޯޔާރޑައް ގެންގޮސް ބައިކު ދޫކޮއްލުމައްފަހު އޭގެ ސައިލެންސަރު ހިފެހެއްޓުމުން، އެހިފެހެއްޓިކަމުގެ ލިޔުމެއްދޭން އިންކާރުކޮއް ވިދާޅުވީ ކޯޓައް ދިއުމަް. މިހާރު ސިޓީއެއް ވާނީ ލާފަ