އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ ހިއްސާ އޮންނަ މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ހަތަރު ލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލިބުނު ކަމަށް އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓުން ދައްކައިފިއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރިޔާޒް ރަޝީދުގެ ހިއްސާ އޮންނަ މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް ިއސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޑިސެމްބަރު 8، 2014 ގައި 455،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ.

މި ރިޕޯޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި 455،000 އެމެރިކާ ޑޮލަރު ރިޔާޒުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ދެ ފަހަރެއްގެ މަތިންނެވެ. އެއީ ޖެނުއަރީ 29، 2015 ގައި ޖަމާކުރި 324،255 ޑޮލަރާއި، އެޕްރީލް 21، 2014 ގައި ޖަމާކުރި 100،000 ޑޮލަރެވެ. އަދި މި ފައިސާ ރިޔާޒު ވަނީ ދެ ފަހަރެއްގެ މަތިން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޗެކުން ޖަމާކޮށްފައެވެ.

ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރުންނަކީ ރިޔާޒު ރަޝީދުގެ ދެ ދަރިން ކަމަށްވާ ރީޝަމް ރިޔާޒާއި ރައުޝަމް ރިޔާޒެވެ.