މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ދިރާގަށް 231 މިލިޔަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެއެވެ.

ދިރާގުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ އޭގެ ކުރީ ކުއާޓާއާ އަޅާ ބަލާއިރު 13 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 203 މިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 704 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ތިންވަނަ ކްއާޓަރުގައި ލިބުނީ 658 މިލިއަން ރުފިޔާއެވެ.