ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސީދާ ބައްދަލުކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ހަ ދާއިރާއަކަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

މިފަހަރު ފުރުސަތު ހުޅުވާލާފައިވާ 6 ދާއިރާއަކީ:

  • ބާރަށު ދާއިރާ
  • ކާށިދޫ ދާއިރާ
  • މަތިވެރި ދާއިރާ
  • ވިލިނގިލި ދާއިރާ
  • ހުޅުމާލެ ދެކުނު ދާއިރާ
  • ގަލޮޅު އުތުރު ދާއިރާ

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރައީސް އޮފީހުގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:00 އެވެ.

މުޅި ރާއްޖޭގެ 93 އިންތިހާބީ ދާއިރާއަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ އެދުންތަކާއި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ފޯރުކޮށްދިނުމެވެ.