ހުޅުމާލޭގެ ގެސްޓްހައުސެއްގެ ތެރެއިން ފެނުނު މީހާ ނިޔާވެއްޖެއެވެ.

ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސެއްގެ 3 ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވަނީ މިއަދު މެންދުރުއެވެ.

އެ ރިޕޯޓާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ދާދި ދެންމެއަކު ފުލުހުން ބުނީ، މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ނިޔާވެފައި ވަނީ މާލެ / ސްޓާ، މުހައްމަދު ރަޒީން (50އ) އެވެ. އަދި އޭނާ ނިޔާވި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ނަމަވެސް އޭނާ ނިޔާވީ ކޮން ސަބަބަކާ ހުރެ ކަމަށް ފުލުހުން ބުނެފައި ނުވެއެވެ.