އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް އީދު ހަދިޔާ ފޮނުވޭނެ ގޮތް އެ ކުންފުނިން ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނި ގޮތުގައި މިއީ ބޮޑު އީދާ ގުޅުވައިގެން، އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ފަސޭހަކަމާ އެކު އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް ތައާރަފުކުރި ހިދުމަތެކެވެ. މި ހިދުމަތާ އެކު، އެމް-ފައިސާ ޑިޖިޓަލް ވޮލެޓް ބޭނުންކުރާ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް އީދު ހަދިޔާގެ ގޮތުގައި ފަސޭހަކަމާއެކު ފައިސާ ފޮނުވާލެވޭނެއެވެ.
އެމް-ފައިސާ އެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވާނެ ގޮތް:
އެމް-ފައިސާ އެޕް ހުޅުވާލާށެވެ. އެޕްގައިވާ 'އީދު ހަދިޔާ' ބެނާއަށް ފިއްތާލާށެވެ. ފޮނުވަން ބޭނުންވާ ހަދިޔާ އިހްތިޔާރުކޮށްލާށެވެ. ނޫނީ ހަދިޔާގެ ގޮތުގައި ފޮނުވަން ބޭނުންވާ އަދަދު ޖަހާލާށެވެ. އީދުގެ ތަހުނިޔާ މެސެޖެއް ހިމަނާލާށެވެ. އީދު ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތުގެ އެމް-ފައިސާ މޮބައިލް ނަންބަރު ޖަހާލާށެވެ. އޯޓީޕީ ނަންބަރު ޖެހުމަށް ފަހު ވަގުތުން ފޮނުވާލާށެވެ.
އުރީދޫ އިން ބުނީ މިއީ އެމް-ފައިސާގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަސޭހަކަމާ އަދި ރައްކާތެރިކަމާ އެކު ބޭނުންކުރެވޭނެ ހިދުމަތެއް ކަމަށެވެ. އުރީދޫގެ އަމާޒަކީ ޒަމާނީ ފިންޓެކް ވަސީލަތްތަކުގެ އެހީގައި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުންކަން ފާޙަގަކޮށް އެ ކުންފުނިން ބުނީ މި ހިދުމަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ އީދުގެ އުފަލާ ގުޅިފައިވާ، އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓުމަށް މަގުފަހިކޮށްދިނުންކަަމށެވެ.
އެމް-ފައިސާގެ ހިދުމަތް އަދި ބޭނުންނުކުރާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެމް-ފައިސާގައި ރަޖިސްޓްރީކޮށްލެވޭނެއެވެ.
