އުރީދޫ ފިންޓެކް މޯލްޑިވްސް އިން އެމްފައިސާ މެދުވެރިކޮށް ތެޔޮ އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

އުރީދޫ އިން ބުނީ ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޕްރޮމޯޝަނާއެކު އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާއަށް ޕެޓްރޯލް އެޅުމުން އިތުރު ލިޓަރެއްގެ އަގަށްވާ 20 ރުފިޔާ ކަސްޓަމަރަށް ލިބޭނެކަމަށެވެ. އަދި މި ހަރަކާތަކީ އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި، ފިންޓެކް ހިދުމަތްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ފައިދާހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އުރީދޫ އިން ބުނީ މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އަދި ހޯކްސްގެ ތެޔޮ ވިއްކާ މަރުކަޒުތަކުން މި ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ބައިވެރިވާ ތެޔޮ ވިއްކާ މަރުކަޒުތަކުގައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން މި ހިދުމަތް ފަސޭހަކަމާއެކު ލިބޭނެކަން ފާހަގަކޮށް އުރީދޫއިން ބުނީ ޓްރާންސެކްޝަން ނިމުމާއެކު، ކޭޝްބެކް ފައިސާ ސީދާ އެމް ފައިސާ ވޮލެޓަށް ޖަމާވާނެ ކަމަށެވެ. މިއީ ދުވަހުން ދުވަހަށް ކުރާ ހަރަދުތައް މެނޭޖްކުރުމުގައި ފަސޭހަކަމާއެކު ފައިސާ ސޭވްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

  • އެމްފައިސާ ބޭނުންކުރަން ފަށާނެ ގޮތް
  • އެމްފައިސާ ބޭނުންކުރަން ފެށުމަކީ ވަރަށް ފަސޭހަ ކަމެކެވެ:
  • އެޕް ޑައުންލޯޑުކުރުން ނުވަތަ އުރީދޫ މޯލްޑިވްސް އެޕް ހުޅުވުން ރަޖިސްޓްރީކުރުން
  • އެމްފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރުން
  • މައުލޫމާތު ޔަގީންކުރުން (ދިވެހިން: ސައްހަ އައިޑީ ކާޑު ހުށަހެޅުން (ދެ ފަރާތް)، ބިދޭސީން: ޕާސްޕޯޓް އަދި ސައްހަ ވާކް ޕާމިޓް ލިޔެކިޔުން ހުށަހެޅުން)
  • އެމް-ޕިން ކަނޑައެޅުން: ވޮލެޓަށް ވަނުމަށް ސެކިއުރިޓީ އެމް-ޕިންއެއް ހެދުން

އުރީދޫ ފިންޓެކް މޯލްޑިވްސް އިން ޑިޖިޓަލް އިކޯސިސްޓަމް ފުޅާކުރަމުންދާއިރު، ރާއްޖޭގެ ކަސްޓަމަރުންނަށް ފަސޭހަ، ރައްކާތެރި އަދި ފައިދާހުރި މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްފައިސާ ދެމިއޮންނާނެކަން ހާމަކޮށް އެ ކުންފުނިން ވަނީ މި ހިދުމަތުގެ ފުރިހަމަ ބޭނުން ހިފައި، ކޭޝްލެސް ޕޭމަންޓްތަކުގެ ފަސޭހަކަމާއި އިތުރު ފައިދާތައް ހާސިލުކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.