އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ މެހުމާންދާރީ އާއި ހުރިހާ ހަރަދެއް ހަމަޖައްސަވައި ދީފައި ވަނީ ސައުދީއަރަބިއްޔާގެ ސަރުކާރުން ކަމަށެވެ. މި ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް ވަނީ މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސަވާފައި ކަމަށް ވެސް ރައިސް އޮފީހުން ބުނެއެވެ.
2024 ވަނަ އަހަރު ވެސް ރައީސްގެ ދެކަނބަލުން ވަނީ، އުމްރާ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ، މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވެސް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.
