އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަގުބޫލު ގޭމިން އެކްސްޕީރިއަންސް، 'ކަރާ ފެޅުން' ކުރިއަށްގެންދާ މުއްދަތު އިތުރުކޮށްފިއެވެ.
އުރީދޫ އިން ބުނީ ކަސްޓަމަރުންނަށް ކުޅުމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން މި ހަރަކާތް މިހާރު މާރިޗު 26ގެ ނިޔަލަށް ކުރިއަށް ދާނެކަމަށާއި، މިއީ މުޅި ރާއްޖެއިން މި ހަރަކާތަށް ލިބެމުންދާ ބޮޑު ތަރުހީބަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. އުރީދޫ އިން ބުނީ މި ބަދަލާއެކު 100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ހުޅުވާލާފައިވާކަމަށެވެ.
މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނައި ބަދަލެއްކަން ފާހަގަކޮށް އުރީދޫ އިން ބުނީ 100،000 ރުފިޔާގެ މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ 2 ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމު އެކުލެވިގެން ވާކަމަށެވެ.
އުރީދޫ އިން ބުނީ އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ 'ކަރާ ފެޅުން' އަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރޯދަ މަހުގެ މަގުބޫލު ހަރަކާތެއްކަމަށާއި، ބައިވެރިންނަށް 'ކަރާ ކުއެސްޓް' ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބިގެންދާކަމަށެވެ.
އަދި ގްރޭންޑް ޕްރައިޒްގެ އިތުރުން އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް ލިބޭ ހަދިޔާތައް ވެސް ކުރިއަށް ދާނެކަމަށާއި، އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނޭކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
