ކޮންމެ ރޯދަ މަހެކޭ އެއްގޮތަށް މި ރޯދަ މަހު ވެސް އުރީދޫ "ކަރާ ފެޅުން" ވަރަށް ފޯރިއާއެކު ވަނީ ފަށާފައެވެ. އެ ގޮތުން އިއްޔެ ކަރާ ފެޅުމަށް ސުޕައެޕް މެދުވެރިކޮށް ދޫކޮށްލި ކަރާ ފަޅާލެވިފައިވާ ކަމަށް އުރީދޫ އިން ބުނެއެވެ.
މިރޭ 12 ޖެހުމާއެކު އާ ކަރައެއް ސުޕައެޕަށް އަންނާނެ ކަމަށާއި ކަރާ ފެޅުމަށް ލަޝްކަރު ހިޔާރުކޮށް ބައިވެރިން ތައްޔާރުވެ ތިބުމަށް އުރީދޫން ވަނީ ބުނެފައެވެ.
މި އަހަރުގެ ކަރާފެޅުމުގެ އެންމެ ހާއްސަ ކަމަކީ 'ކަރާ ކުއެސްޓް' ނުވަތަ މެޕުން ދައްކާ ކޮންމެ ތަނަކަށް ގޮސްގެން ކަރާ ފެޅުމެވެ. އެގޮތުން މިއަހަރުގެ ގޭމް ފަރުމާކޮށްފައި ވަނީ އާއިލާ އާއި ރައްޓެހިންނާއެކު ބައިވެރިވެވޭ ގޮތަށް "ޓީމް" އެއް ގޮތަށް ބައިވެރިވެވޭ ގޮތަށެވެ.
މީގެ އިތުރުުން ވެސް އުރީދޫ ސުޕްއެޕް މެދުވެރިކޮށް ކުރިއަށް ގެންދާ މި ހަރަކާތުގައި 'ރަތް ލަޝްކަރު' ނުވަތަ 'ނޫ ލަޝްކަރު'ގައި ހިމެނިގެން މި ގޭމު ކުޅެވޭނެއެވެ.
ކޮންމެ އަހަރަކުވެސް އުރީދޫން ރޯދަމަހަށް ހާއްސަކޮށް ކުރިއަށް ގެންދާ ކަރާ ފެޅުމަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ ހަރަކާތެކެވެ. މިދިޔަ އަހަރުވެސް ކަރާފެޅުމަށް ތަފާތު އުކުޅުތައް ބޭނުންކޮށްގެން މީހުން މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.
