ކުރިއަށް އޮތް 24 ގަޑިއިރު ހިލޭ ސްރީލަންކާއަށް ކޯލު ކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދީފިއެވެ.

އުރީދޫއިން ބުނީ މިއި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން އެ ކުންފުނިން ދިން ފުރުސަތެއް ކަމަށެވެ.

އެގޮތުން މިއީ މި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެއްކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު މުޅިން ހިލޭ އުރީދޫގެ ކަސްޓަމަރުންނަށް ސްރީ ލަންކާއަށް ގުޅޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުން ކަމަށެވެ.