ބޮލީވުޑްގެ ފިލްމުތަކުން ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ ވެޓެރަން އެކްޓަރު ދަރްމެންދުރަ އުުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ.

ދަރްމެންދުރަގެ ހާލު ގޯސްވެގެން، މި މަހުގެ ކުރީކޮޅު ވަނީ އިންޑިއާގެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އަދި އޭރު ފަރުވާއަށް ފަހު އޭނާ ގެއަށް ދޫކޮށްލާފައިވާއިރު މާ ބޮޑަށް ހާލު ގޯސްވެގެން މިދިޔަ ހަފްތާގެ ފަހުކޮޅު އަނެއްކާވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ދަރްމެންދުރަ މަރުވީ މިއަދު ހެނދުނު ޖުހޫގައި ހުންނަ އޭނާގެ ގެގައި ކަމަށެވެ.

1935 ވަނަ އަހަރު އިންޑިއާގެ ލުދިއާނާގެ އަވަށަކަށް އުފަން ދަރުމެންދްރާ އޭނާގެ ފިލްމީ ކެރިއަރު ފެށީ 1960 ވަނަ އަހަރު ރޮމޭންޓިކް ޑްރާމާ 'ޑިލް ބީ ތެރާ ހޫމް ބީ ބީ ތެރޭ' އިންނެވެ. ލޯބީގެ ފިލްމުތަކުން ގިނަ ބައެއްގެ ހިތް އަތުލި ދަރްމެންދަރު ވަނީ ފިލްމުގެ ސަޕޯޓިން ރޯލުތަކުންވެސް ފެނިގެން ގޮސްފައެވެ. 1965 ވަނަ އަހަރު ނުކުތް ފިލްމު 'ޕޫލް އޯރް ޕައްތަރު' އިން ދަރުމެންދްރާގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފަށާފައިވާއިރު މެރާ ގާއޮން މެރާ ދޭޝް، ސީތާ އޯރް ގީތާ، ޗުޕްކޭ ޗުޕްކޭ، ޝޯލޭ، އަދި ޔާދޯން ކީ ބާރާތަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ފިލްމު ތަކެވެ،

1980 ވަނަ އަހަރުތަކުގައި އޭނާ އެކްޝަން ފިލްމުތަކަށް ލިބުނު ބޮޑު ކާމިޔާބީއާއި އެކު "މޭން އޮފް އިންޑިއާ' ގެ ނަމުން މަޝްހޫރުވެގެން ދިޔައެވެ. ނާގެ ދިގު ފިލްމީ ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާއިރު އަންނަ މަހު ރިލީޒްކުރާ ބޮލީވުޑްގެ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"ގެ ރޯލެއް ވެސް އޭނާ ފެނިގެން ދާނެއެވެ.