އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަސް ނިމުމުގެ ކުރިން ހުޅުވާލާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫ އިން ބުނީ، 2026 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ގައި ހިއްސާދާރުން ހޮވާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެޕްލިކޭޝަން ހުޅުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމުގެ ޝަރުތުތައް:

  • އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ލިމިޓެޑްގެ މަދުވެގެން 50 ހިއްސާ އޮންނަ ފަރާތަކަށްވުން
  • އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން މަދުވެގެން 3 މަސް ދުވަހުގެ މުއްދަތަކަށް ކުންފުނީގެ ހިއްސާދާރަކަށް ވެފައިވުން
  • ކުންފުނިތަކުގެ ގާނޫނު 2023 ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ގާބިލުކަން ލިބިފައިވުން.
  • ބައިނަލްއަގްވާމީ ޔުނިވާސިޓީ އަކުން ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވުން
  • މަދުވެގެން 10 އަހަރު ދުވަހު ރާއްޖެ ނުވަތަ ރާއްޖެއިން ބޭރުގެ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓާގެ ކުންފުންޏެއްގައި ސީނިއާ މަގާމެއްގައި މަސައްކަތް ކޮށްފައިވުން
  • މިހާރު ހިންގަމުންދާ އެއް ކުންފުންޏެއްގެ ބޯޑް އޮފް ޑިރެކްޓަރެއްގެ މަގާމު އަދާކޮށްފައިވުން ނުވަތަ އަދާ ކުރަމުން ދިއުން
  • ރާއްޖޭގެ ސްޓޮކް އެކްސްޗެންޖްގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން 2 ކުންފުންޏަށް ވުރެ އިތުރު ކުންފުނިތަކުގެ ބޯޑް އޮފް ޑައިރެކްޓަރަކަށް ވެގެން ނުވާނެ
  • އުރީދޫގެ ކޮމްޕެޓިޓާ ކުންފުންޏެއް ނުވަތަ ރެގިއުލޭޓާ އެއްްގެ ބޯޑް މެންބަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވާ ނަމަ އެ މަގާމުން ވަކިވެފައިވާތާކަ 12 މަސް ވެފައި ވުން
  • އުރީދޫގެ މުވައްޒަފަކަށް ވެގެން ނުވާނެ އަދި ކޮމްޕެޓިޓާ ކުންފުންޏެއްގެ ނުވަތަ ރެގިއުލޭޓާގެ މުވައްޒަފެއް ކަމުގައި ނުވުން
  • އުރީދޫ ނުވަތަ ކޮމްޕެޓީޓާ ކުންފުންޏެއް ނުވަތަ ރެގިއުލޭޓާގެ ވަޒީފާއެއް އަޑާކޮށްފަިއވާ ނަމަ އެތަނުން ވަކި ވިތާ 12 މަސް ވެފައި ވުން

އެ ބޯޑުގެ ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީ އިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށް އުރީދޫއިން ބުނެއެވެ.